ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަށް މަގާމުގެ ކުރިއެރުން މިއަދު ދެއްވައިފިއެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އަބްދުއްރަހީމް، މޭޖަ ޖެނެރަލްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް ކުރިއެރުން ދެއްވީ ރައީސް ޑރ. މުއިއްޒެވެ. އަދި މަގާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން އޭނާއަށް ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.
މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމަކީ އަސްކަރީ ތާރީހުގައި ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާ ހަމައަަށް ވަޑައިގެންނެވި ތިންވަނަ ބޭފުޅާއެވެ.
މީގެ ކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ބޭފުޅުންނަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ އަބްދުއްސައްތާރާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަބްދުﷲ ޝަމާލްއެވެ.
ޚަބަރު
ޚަބަރު