ތިމަންނާއަކީ އިސްރާއީލަށް ވުރެ މުސްކުޅި މީހެއް ކަމަށް ބުނި މާމަ ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުން ހިންގަމުން ގެންދާ ގަތުލްއާންމުގެ އެކި މަންޒަރުތައް ދުނިޔެއަށް އެންމެ ގިނައިން ފެންނަނީ ގާޒާގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި ފޮޓޯގްރާފަރުންގެ ފަރާތުންނެވެ.
މިދިޔަ އޮކްޓޯބަރު މަހު ފަލަސްތީނުގެ ފޮތޯގްރާފަރެއް ކަމަށްވާ ސާލިހް އަލްޖަފްރާވީ ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންގެންދިޔަ 79 އަހަރުގެ ހާދިޔާ ނައްސަރު ކިޔާ މީހެއްގެ ވީޑިއޯއެއް އެކްސްގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ސާލިހް، އެ މާމައާ ސުވާލު ކުރެއެވެ. އެ ސުވާލުގެ ޖަވާމުގައި މާމަ ވަނީ އޭނާއަކީ އިސްރާއީލަށްވުރެ މުސްކުޅި މީހެއް ކަމަށް ބުނެފައެވެ. އެ ވީޑިއޯ ވަނީ އެކި ޕްލެޓްފޯމްތަކުގައި އާންމުވެ، ގިނަ ބަޔަކު ދައުރުކުރި ވީޑިއޯއަކަށް ވެފައެވެ.
އިސްރާއީލުން މިދިޔަ ބުރާސްފަތި ދުވަހު ދިން ހަމަލާއެއްގައި ވަނީ 79 އަހަރުގެ ހާދިޔާ ނައްސަރު ޝަހީދު ކޮށްލައިފައެވެ. ފޮޓޯގްރާފަރު ސާލިހް ވަނީ އޭނާގެ އެކްސްގައި ނައްސަރު ޝަހީދުކޮށްލާފައިވާކަން އިއުލާން ވެސް ކޮށްފައެވެ.
ސާލިހް ވަނީ ނައްސަރު ޝަހީދު ކޮށްލާފައިވަނީ އޭނާގެ ގޭގެ ދޮރުމަތީ ހުއްޓައި ސްނައިޕަރަކުން ހަމަލާދީގެން ކަމަށް ބުނެފައެވެ.
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލްއާންމުގައި ބޮންއަޅައި އެތައް ބޮޑެތި ގެއްލުމެއް ދެމުންދާ އިރު، އެ ހަމަލާތަކުގައި މުޅިންހެން މަރުވަނީ އާންމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ