ހިޔާ ފުލެޓުތަކުގެ އަގު މަހަކު ދައްކަން ޖެހޭ އަދަދު 3،984 ރުފިޔާއަށް ކުރިނަމަވެސް އޭގެ ތެރޭގައި މެއިންޓަނަންސް ފީ ނުހިމެނޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު، ފްލެޓުތަކުގެ ވެރިންނަށް އަނބުރާ ދިނުމުގެ ގޮތުން ފްލެޓުތަކުގެ އަގުން، ދެ ލައްކަ ރުފިޔާ އުނިކުރަން ނިންމާފައިވާ ކަމަށެވެ.
"މިހާރު މި ދައްކަނީ 5300 ރުފިޔާ، ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް ދެން ދައްކަން ޖެހޭނީ މަހަކު 3،984 ރުފިޔާ. 3،984 ރުފިޔާއަށް ކުޑަވަނީ ހިޔާ ފުލެޓުތަކުގެ އަގު ކުރިއަށް އޮތް ހަތް އަހަރު ދުވަހަށް، މިހާރު އޮތް އެގުރިމެންޓަށް އަންނާނެ ބަދަލެއް އައިސް މުއްދަތަށް ބަދަލެއް ނައިސް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލް "ވަން" އަށް މިއަދު ވިދާޅުވީ، ކުޑަކުރި ކުލީގެ ތެރޭގައި މެއިންޓަނަސް ފީގެ ގޮތުގައި ނަގަމުން އަންނަ 1،000 ރުފިޔާ ނުހިނެނޭނެ ކަމަށެވެ.
އެހެންކަމުން މެއިންޓަނަސް ފީއާ އެކީގައި ހިޔާ ފްލެޓްތަކުން މަހުގެ ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހޭނީ 4،984 ރުފިޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު