ޗައިނާގެ ކުންފުންޏަކުން އުފެއްދި ފްލައިޓު ދަތުރުތަކަށް ތައްޔާރުވާން ފަށައިފިއެވެ.
ޗައިނާއިން އުފެއްދި ފްލައިޓް ސީ919 އަކީ އެގައުމުން ބޭރު ގައުމުތަކުގެ ޓެކްނޮލޮޖީ ބޭނުން ކުރުމުން ދުރުވުމަށް ނިންމައި އުފެއްދި ފްލައިޓެކެވެ.
ޗައިނާ ސަރުކާރަށް ނިސްބަތްވާ ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ އިން އުފެއްދި އެފްލައިޓު ދައްކާލުމަށް ބެއިޖިން އިން ހޮންކޮން އަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ މެދުތެރޭގައި ކަމަށް އޮފިޝަލުން ބުނެއެވެ.
ޗައިނާއިން ވަނީ ސީ919 އަކީވެސް ބޮއިން ގެ އިތުރުން އެއާބަސްގެ ފްލައިޓުތައް އުފައްދާގޮތަށް ބޭރުގެ އެކި ގައުމުތަކުން ބައިތައް ގެނެސްގެން މޮޑިފައިކޮށްގެން ހެދި ފްލައިޓެއް ކަމަށް ބުނެފައެވެ.
ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ އިން ވަނީ ފަސް އަހަރުތެރޭ ސީ919 ގެ 150 ފްލައިޓު އުފެއްދުމަށް އަޒުމް ކަނޑައަޅައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ