އެލައިޑް އިންޝުއަރެންސްގެ ސޯޝަލް މީޑިއާ ޕޯސްޓެއް ޝެއާކޮށްގެން ފިލްމެއްގެ ޓިކެޓު ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފިއެވެ.

އެލައިޑުން މިއަދު ބުނީ މިހާރު ކުރިއަށްދާ އެ ޕްރޮމޯޝަން އަންނަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް ފިލްމު ބަލަން ދާން ދެ ޓިކެޓު ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.

ޕްރޮމޯޝަންގެ ދަށުން ލިބޭނީ ޝުވެކް ސިނަމާގައި އަޅުވާ ފިލުމެއްގެ ޓިކެޓު ކަމަށް އެލައިޑުން ބުންޏެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް އެލައިޑް އިންޝުއަރެންސްގެ ޕޭޖު ފޮލޯ ކުރުމަށްފަހު ޕްރޮމޯޝަނާ ގުޅޭ ޕޯސްޓަށް ލައިކު ކުރަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި ޕޯސްޓު ޝެއާކުރާ އިރު، ފިލްމު ބަލަން ގެންދަން ބޭނުންވާ ތިން އެކުވެރިން ޓެގުކޮށް، އެ ޕޯސްޓު އަމިއްލަ ޕްރޮފައިލް ނޫނީ ސްޓޯރީގައި ޝެއާކުރަން ޖެހޭނެއެވެ. ޕޯސްޓު ޝެއާ ކުރަންވާނީ ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ކަމަށް އެލައިޑުން ބުންޏެވެ.