ނޯތްު ކޮރެއާގައި ދަރިމައިވާ ނިސްބަތް ދަށްވެފައިވާތީ، އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލައިފިއެވެ.
ދަރިމައިވާ ނިސްބަތް ދަށްވެ ފިޔަވަޅު އެޅުމަށް ގޮވާލައްވައިފައިވަނީ ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެވެ.
ލީޑަރު ކިމް މި ކަމަށް ގޮވާލައްވައިފައިވަނީ އެ ގައުމުގެ މަންމައިންނަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ކިމް ވަނީ ދަރިމައިވާ ނިސްބަތް މަދުވުމާއި ދަރީންނަށް އަޅާލުމުގައި ހުރިހާ ގެއެއްގައިވެސް ހާއްސަ ސަމާލުކަމެއް ދީގެން ރަނގަޅު ކުރުމަށް އިލްތިމާސްކުރައްވައިފައެވެ.
އދގެ އާބާދީއާއި ބެހޭ ޖަމިއްޔާއިން ވަނީ މިއަހަރު ނޯތު ކޮރެއާގައި ދަރިމައިވާ ނިސްބަތް ހުންނާނީ 1.8 އިންސައްތައިގައި ކަމަށާއި ކުރިޔަށް އޮތް އަހަރުތަކުގައި އެ ނިސްބަތް ދަށްވާނެ ކަމަށް ބެލެވޭކަމަށް ބުނެފައެވެ.
ނޯތު ކޮރެއާގެ ދަރިމައިވާ ނިސްބަތް ދަށްވެފައިވާއިރު އަވަށްޓެރި ސައުތު ކޮރެއާގެ އެ ނިސްބަތްވެސް ވަނީ ބޮޑުތަނުން ދަށްވާން ފަށާފައެވެ. އެއާއިއެކު އެ ގައުމުން ވަނީ އެކަމަށް ހައްލެއް ހޯދުމަށް ގިނަ ޕްރޮގްރާމްތަކެއް ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ