ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ހަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެކަމުގެ ތަފުސީލު ދެއްވަމުން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު މީޑިއާތަކަށް ވިދާޅުވީ، ރައީސް އެގޮތަށް ނިންމެވީ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން މަސައްކަތް ކުރަންޖެހޭކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.
"ރައީސް ނިންމެވީ ކޮންމެ ރަސްމީ ދަތުރުފުޅެއް ނިމޭތާ 15 ދުވަސް ތެރޭގައި ހަރަދުގެ ތަފުސީލު ހާމަކުރެއްވުމަށް،" ހަލީލް ވިދާޅުވިއެވެ.
ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް އާއްމުކުރައްވަން ރައީސް ނިންމެވި އިރު، އެ މަނިކުފާނާއި ސަރުކާރުގެ އިސް ވަފުދެއް ތުރުކީ ވިލާތަށް މި ފަހުން ކުރެއްވި ދަތުރުފުޅަށް 8 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު