އައްޑޫ ސިޓީ ހިތަދޫގައި ދެ ގޫރުޕެއްގެ މެދުގައި މާރާމާރީއެއް ހިންގައި، މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭގެ ވަގުތެއްގައި ހިނގި އެ މާރާމާރީގައި ޒަހަމްވެފައި ވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާއަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފަރުވާދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅުގެން "ވަން" އިން އޭއީއެޗްގެ މީޑިއާ އޮފިޝަލާ ގުޅުމުން ފޯނަށް ޖަވާބުދީފައި ނުވާތީ އިތުރު ތަފްސީލެއް ނުލިބެއެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.