އެއްމާބަނޑު ފަސް ކުދީންނާއެކު ދުވެގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

އެމެރިކާގެ އިޑާހޯއަށް ނިސްބަތްވާ ބައްޕައަކު ވަނީ އޭނާގެ އެއްމާބަނޑު ފަސް ކުދީން ސްޓްރޯލާއަކަށް ލައިގެން ފަސް މިނެޓާއި 34 ސިކުންތު ތެރޭ އެއް ކިލޯމީޓަރަށް ދުވެ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދައިފައެވެ.

ޗާދް ކެމްޕެލް ނަމަކަށް ކިޔާ އެމީހާ ވަނީ އޭނާ ހެދި ރެކޯޑް ދުނިޔޭގެ ރެކޯޑު ފޮތުން ގަބޫލު ކޮށްފައިވާކަމަށް ބުނެފައެވެ.

މީގެ ކުރިން ކެމްޕެލް ވަނީ ފަސް ކުދީންނާއެކު 10 ކިލޯ މީޓަރަށް ވެސް ދުވެ ދުނިޔޭގެ ރެކޯޑު ގާއިމް ކޮށްފައެވެ. އަދިވެސް ކެމްޕެލްގެ ރެކޯޑު އެހެން މީހަކަށް މުގުރައެއް ނުލެވެއެވެ.

ކެމްޕެލް ފަސް އޭނާގެ ފަސް ކުދީންނާއެކު ދުވި މަންޒަރު ބެލުމަށް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ.