ކޮންމެ މީހަކަށް ވުރެ މި ގައުމު މާބޮޑުވާނެ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) ސަރުކާރު ދިފާއު ކުރައްވައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިއްޔެ ޕީޕީއެމް ދޫކޮށްލައްވައި އަމިއްލަ ޕާޓީއެއް އުފައްދަވާކަން އިއުލާންކުރައްވާފައި ވަނިކޮށް އަދުރޭ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރައީސް މުއިއްޒާއެކުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.
"މާތްﷲގެ ވާގިފުޅާއެކު ރައީސް މުއިއްޒުގެ ސަރުކާރުގެ ވެގެންދާނީ ދިވެހި ގައުމީ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދޭނެ ސަރުކާރަކަށް. ފަސްއެނބުރި ބެލުމެއް ނެތި އަޅުގަނޑުމެން ދާނީ ކުރިއަށް," އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
އަދުރޭ ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒާއެކު ރައްޔިތުން ސާބިތުވެ ތިބުމަކީ ގައުމަށާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށާއި ކޮންމެ މީހަކަށްވުރެ މި ގައުމު މާބޮޑު ކަމަށެވެ.
ޔާމީން، ޕީޕީއެމް ދޫކުރައްވަން ނިންމެވިކަން އިއުލާން ކުރެއްވީ އެ މަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކުރައްވައެވެ. ރައީސް ޔާމީނާ ހަވާލާދީ ޖަމީލު ވިދާޅުވި ގޮތުގައި، ޕީޕީއެމް-ޕީއެންސީގެ ލީޑަޝިޕްގައި މިހާރު ތިއްބެވި ފަރާތްތަކުން އެ ދެ ޕާޓީ ވަނީ ހައިޖެކްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު