ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖްގެ މަގާމަށް، މއ. ނައިލޯނުގެ، އަލީ ޝަރީފް އައްޔަނުކުރައްވައިފިއެވެ.

އަލީ ޝަރީފް އެ މަގާމަށް އައްޔަނުކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެ ރަސްމިއްޔާތުގައި ވަނީ، ސަރުކާރުގެ މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށްވެސް ބައެއް ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ - ހ. ނީވްވިލާ، ލުބްނާ މުހައްމަދު ޒާހިރު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް - ފުވައްމުލަކު ސިޓީ ދަނޑިމަގު، ނެރުޅު، މުހައްމަދު ތޯރިގު އަހުމަދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް - ގދ. މަޑަވެލި، ކިނާރާ، ޑރ. އަމްޒަތު އަހުމަދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން - ހ. ނޫމުތީ، އަބުދުއްރައްޒާގު އިބްރާހީމް
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް - ސ. މަރަދޫފޭދޫ ބްލޫހެވަން، މުހައްމަދު ޝަހުރުއްޒިޔާދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - މ. ޒޭވަރު، މަރްޔަމް ފިޒާނާ ރަޝީދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ތ. ހިރިލަންދޫ، ލިލީގެ، ޑރ. އަބްދުއްރަޙީމް ހަސަން
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ގ. ގްރީންބީންސް، ފާތިމަތު މުހައްމަދު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބަރު އެންޑް ސްކިލްސް ޑިވެލޮޕްމަންޓް - ހއ. އިހަވަންދޫ، ވައިޖެހޭގެ، އަހުމަދު ޝަފީއު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް - ހ. ކިސްތީ، އަހުމަދު މުނާޒު
  • މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވޯކްސް - ހ. ނޫމުތީ، މުހައްމަދު އިބްރާހީމް