އިޒްރޭލާ ގުޅުން ކަނޑާލަން ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ ގަތުލްއާންމާ ދެކޮޅު ހެދުމުގެ ގޮތުން ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ހަނގުރާމަ ހުއްޓާލަންދެން އިޒްރޭލާއެކު ހާރިޖީ ގުޅުން ކަނޑާލާފައި ބޭއްވުމުގެ އިތުރުން އެ ގައުމުގައި ހުންނަ އިޒްރޭލުގެ އެމްބަސީ ބަންދުކުރަންވެސް ނިންމައިފައެވެ.

އެކަމަށް ނެގި ވޯޓުގައި 91 މެންބަރުން އެކަމަށް ދެކޮޅު ހެއްދެވި ނަމަވެސް، އެގޮތަށް ފާސްވީ 248 މެންބަރުން އެކަމަށް ތާއީދު ކުރެއްވުމުންނެވެ.

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެ ގައުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.

މިހާތަނަށް އިސްރާއީލުން ދީފައިވާ ހަމަލާތަކުގައި ގާޒާއިން 14،100 އަށްވުރެން ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.