ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނަށް ބެލޭނީ 16 އަހަރުން ދަށުގެ ކުދީން ކަމަށް ހެލްތު މިނިސްޓްރީން ކަނޑަަޅައިފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ގެޒެޓުކުރި އިއުލާނެއްގައި ބުނީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައް އެއްގޮތްކުރުމަކީ މުހިންމު ކަމެއް ކަމަށާއި އެހެން ކަމުން އާންމު އުސޫލެއްގެ ގޮތުން ކުޑަކުދީންގެ ހާއްސަ ޑޮކްޓަރުންނަށް ފަރުވާ ދެވޭނެ ވަކި އުމުރެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ކުޑަކުދީންގެ ޑޮކްޓަރުންނަށް ބެލޭނީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ކަނޑައެޅި ނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ނުވާ ގޮތުގެމަތިން އެ އުމުރަށްވުރެ ދޮށީ ކުދީންނަށް ފަރުވާ ދިނުމަކަށް ހުރަހެއް ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން، އެހެނިހެން ދާއިރާތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން ކުޑަކުދީންނަށް ހާއްސަ ޑޮކްޓަރުން ކަމުގައި ނުވާ ނަމަވެސް އެ ޑޮކްޓަރުންނަށްވެސް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ފަރުވާ ދިނުމުގައި ހުރަހެއް ނެތް ކަމަށް ބުންޏެވެ.
މިނިސްޓްރީން ވަނީ އެ އުސޫލަށް ބަދަލު ނުގެންނަހާ ހިނދަކު އެ އެންގުމާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު