ޔަމަނުގެ ހޫތީއިން އިސްރާއީލުގެ ކާގޯ ބޯޓެއް ހިފަހައްޓައިފި އެވެ.
ހޫތީ އިން ވަނީ އިސްރާއީލުގެ ކާގޯ ބޯޓެއް ހިފެހެއްޓިކަން ކަށަވަރުކޮށް ބަޔާނެއް ނެރެފައެވެ.
ހޫތީގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އެ ބޯޓު ހިފެހެއްޓީ ޔަމަނުގެ އައްސޭރި ސަރަހައްދުންނެވެ. އެބޯޓާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެކަމަށް ވަނީ ބުނެފައެވެ.
ހޫތީ އިން އިސްރާއީލުގެ ކާގޯ ބޯޓެއް ހިފެހެއްޓި ކަމަށް ބުނި ނަމަވެސް އިސްރާއީލުން ވަނީ އެއީ އެ ގައުމަށް ނިސްބަތްވާ ބޯޓެއް ނޫންކަމަށް ބުނެފައެވެ. އެބޯޓަކީ ތުރުކީން އިންޑިއާއަށް ދަތުރުކުރި ބޯޓެއްކަމަށް ވެސް ބުނެފައެވެ.
ޔަމަނުގެ ކަނޑުގެ ދަތުރުފަރުތާބެހޭ އިދާރާއިން ވަނީ އެބޯޓު ހިފަހައްޓައި ހުދައިދާ ނަމަކަށް ކިޔާ ސިޓީއެއްގެ ޕޯޓަކަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.
އިސްރާއީލުން ދަނީ ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގެ އިތުރުން ޔަމަނުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ތިބޭ ހޫތީއިންނަށްވެސް ހަމަލާދެމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ