އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތައް ތަހުގީގު ކޮށްދިނުމަށް އިންޓަނޭޝަލަން ކްރިމިނަލް ކޯޓް (އައިސީސީ) އަށް ހުށަހަޅައިފިއެވެ.
އައިސީސީ އަށް މައްސަލަ ހުށަހަޅާފައިވަނީ ފަސް ގައުމެއް އިސްވެ އޮވެއެވެ. އެ ފަސްގައުމަކީ ދެކުނު އެފްރިކާ އާއި ބަންގްލަދޭޝްގެ އިތުރުން ބޮލީވިއާ އާއި ކޮމޮރޯސް އަދި ޖިބޯޓީ އެވެ.
ފަސް ގައުމުން ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ބިމުގައި އެ ގައުމުގެ ރައްޔިނުންނާ ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ ޖަރީމާތައް ތަހުގީގުކޮށް އެ ކަމުގައި ޝާމިލުވާ މީހާ ނުވަތަ މީހުންނާމެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމެވެ.
މީގެ ކުރިން 2014 ވަނަ އަހަރުގެ ޖޫން މަހު ގާޒާ އާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގި ލާއިންސާނީ އަމަލުތައް އައިސީސީން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެ ތަހުގީގު ފަށާފައިވަނީ 2021 ވަނަ އަހަރުގެ މާޗް މަހުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ