ކާމިޔާބީއަށް އެދިވަޑައިގެން ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ސިޓީފުޅެއް، މިހާރުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ފޮނުއްވައިފިއެވެ.
ޝާހިދު މިއަދު ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، އެ މަނިކުފާނު މަސައްކަތްކުރެއްވި ފޮރިން މިނިސްޓްރީގެ އޮފީހުން ނުކުމެ ވަޑައިގަތީ ޒަމީރަށް މަރުހަބާގެ ސިޓީއެއް މޭޒުމަތީ ބެއްވުމަށްފަހުގައި ކަަމަށެވެ. އަދި ޝާހިދު ވަނީ މި ސިޓީ ޓުވިޓާގައި ހިއްސާ ކުރައްވާފައެވެ.
ޝާހިދުގެ ސިޓީގައި ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒަކީ 90 އަހަރުގެ ދިގު މާޒީއެއް އޮތް ވުޒާރާއެއް ކަމަށް ވިދާޅުވެފައެވެ. ހާރިޖިއްޔާއަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމާއި އެކު، އެއިރަކު ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގެ މަސައްކަތުގެ އެންމެ މަތީ މަސްއޫލިއްޔަތު އަދާކުރާ ވުޒާރާކަމުގައި ވިދާޅުވެފައެވެ.
ހަމަ މިއާއިއެކު ދިގު ތާރީހެއްގެ ތެރެއިން އުފެދިފައިވާ އުސޫލުތަކާއި ބައިނަލް އަގުވާމީ ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެތެރެއިން ހިނގަމުން އައިސްފާއިވާ، މިހާރު ވަކި ގާނޫނެއްގެ ހިޔާވަހިކަމުގެ ދަށުން ހިނގަމުންދާ ވުޒާރާއެއް ކަމަށާއި އެ ވުޒާރާގެ ވަޒީރުކަމުގެ މަގާމަށް ޒަމީރުއަކީ ނުހަނު ގާބިލު އަދި ހަމަ އެހާމެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމުގައި ވެސް ޝާހިދުގެ ސިޓީގައި ވެއެވެ.
މީގެ އިތުރުން ޝާހިދުގެ ސިޓީގައި ވަނީ، ދިވެހި ހާރިޒީ ވުޒާރާގައި މިހާރު ތިއްބެވި މުވައްޒަފުންނަކީ މި ވޭތުވެދިޔަ ފަސް އަހަރު އޭނާ ކުރެއްވި މަސައްކަތުގައި އެހީތެރިކަން ދެއްވި ޕްރޮފެޝަނަލް، ކަމަށް ގާބިލު ހީވާގި އިހްލާސްތެރި މުވައްޒަފުންތަކެއް ކަމުގައި ވިދާޅުިވެފައެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި، ހާރިޖީ ދާއިރާއިން ކުރިއެރުމެއް ހޯދައިފާއިވާ ނަމަ އެކުރިއެރުން ހޯދައިފައިވަނީ މިހާރު ތިބި މުވައްޒަފުންގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޒަމީރުގެ ލީޑާޝިޕް އާއި އިރުޝާދުގެ ދަށުން ޓީމް ހާރިޖީއިން ރާއްޖޭގެ ނަން އިތުރަށް ވިދަމުންދިއުމާއި ރާއްޖެއަށް އަބަދުމެ ސަލާމަތާއި ރައްވާތެރިކަމާއި ޒަމީރަށް ކާމިޔާބީއާއި އަރުތައާއި ފުރިހަމަ ސިއްހަތާއި އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް ޝާހިދުގެ ސިޓީގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު