އަންނަ އަހަރުގެ ގައުމީ ޤުރުއާން މުބާރާތް ފެބްރުއަރީ މަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފިއެވެ.
ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ، ގައުމީ ޤުރުއާން މުބާރާތް އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މާޗް ދެ ވަނަ ދުވަހާއި ހަމަޔަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ހާފިޒުން، ސްކޫލު ކުދިން އަދި ވަކިވަކި މުއައްސަސާތަކުގެ ބައެވެ. މި މުބާރާތުގެ ކިޔެވުން ކުރިއަށް ދާނީ ތިން ބަޔަކަށެވެ. އެއީ ފޮތުން ކިޔެވުމުގެ ބަޔާއި ހިތުން ކިޔެވުމުގެ ބައިގެ އިތުރުން، ހާފިޒުންގެ ބައެވެ.
މި މުބާރާތުގެ އިތުރު މައުލޫމާތު އެ މަރުކަޒުގެ ވެބްސައިޓް chq.gov.mv ލިބެން ހުންނާނެ ކަމަށްވެސް އެ މަރުކަޒުން ނެރުނު އިއުލާނުގައިވެއެވެ.
- - ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމއި މެދު ލޯބިޖައްސާ، ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވާ، ފެތުރުމަށް މަސައްކަތް ކުރުން
- - ކީރިތި ޤުރުއާން ކިޔެވުމަށާއި، ހިތުދަސްކުރުމަށާއި ކީރިތި ޤުރުއާން ކިޔަވާއި ދިނުމާއި އުގަންނާއި ދިނުމަށް ހިތްވަރު ދިނުން
- - ކީރިތި ޤުރުޢާން ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުން
- - ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމުގައި ދިވެހިންގެ މެދުގައި ވާދަވެރިކަން އުފެއްދުން
- - ޤާރީންނާއި ހާފިޒުން އުފައްދަން ބާރު އެޅުމާއި ހިތްވަރުދިނުން، ކީރިތި ޤުރުއާން ރައްކާތެރިކުރުމަށް މަސައްކަތް ކުރުން
- - ބައިނަލް އަގުވާމީ މުބާރާތް ތަކަށް ބޭނުންވާ ބައިވެރިންގެ އާރެއް އުފެއްދުން
- - ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ގާއިމުކުރުމަށާއި އެކަމުގެ ރޫހު އަށަގެންނެވުން
- - ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރު އެޅުން
- - ދިވެހިރައްޔިތުންނަށް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ފުރުސަތުދީ، ކީރިތި ޤުރުއާނަށް ހިތްޖެއްސުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު