ހަނގުރާމަ ފެށިފަހުން ގާޒާ އަށް ފުރަތަމަ ތެޔޮ ޓްރަކް ވަދެއްޖެއެވެ.
މިސްރުގެ ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަދެފައިވަނީ ޑީސަލް ތެޔޮ ޓްރަކެއް ކަމަށް އޮފިޝަލުން ބުނެއެވެ.
ގާޒާގައި ތެޔޮ ބޭނުން ކުރުން މަނާ ކޮށްފައިވާއިރު، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ވަނީ މިލިބުނު ތެލަކީ ގާޒާއަށް އެކަށޭނަ ވަރަށްވުރެން އެތައް ގުނައެއް މަދު ވަރެއް ކަމަށް ބުނެފައެވެ.
ގާޒާއަށް އެތެރެވި ޓްރަކްގައި ލިބިފައިވަނީ 23،027 ލީޓަރުގެ ޑީސަލް ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އިސްރާއީލުން އެ ޓްރަކުން ތެޔޮ ބޭނުންކުރުމުގެ ހުއްދަ ދީފައެއްނުވެއެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސްގެ ޑިރެކްޓަރު ޓޮމް ވައިޓް ވަނީ ގާޒާގެ ހޮސްޕިޓަލުތަކުގައި ތެލާއި ފެން ހުސްވެފައިވާކަމަށާއި މިލިބުނު ތެލަކީ ހޮސްޕިޓަލުތަކުގެ މަސައްކަތްތަކަށް ބޭނުންކުރެވޭނެ 9 އިންސައްތަ ތެޔޮކަމަށްބުނެފައެވެ.
އިސްރާއީލުން ވަނީ މުޅި ގާޒާ ބަންދުކޮށް 2.2 މިލިއަން މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓުވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ