އިންޑިއާގެ ގެއެއްގައި، އެއް އާއިލާއެއްގެ 199 މީހުން ދިރިއުޅޭ ކަމަށް ފާހަގަވެ އެ ގެއަކީ ފަތުރުވެރިން ޒިޔާރަތްކުރާ މަގުބޫލު މަންޒިލަކަށް ވެއްޖެ އެވެ.

އިންޑިއާގެ އިރުއުތުރު މިޒޯރާމްގައި ހުންނަ އެ ގޭގައި ދުނިޔޭގެ އެންމެ ބޮޑު އާއިލާ އަންނަނީ ދިރިއުޅެމުންނެވެ.

ހަތަރު ފަންގިފިލާގެ އެ ގޭގެ އެންމެ އިސް ވެރިޔަކީ ޒިއޯނާ ޗާނާ އެވެ. އޭނާގެ 38 އަނބިން ތިބި އިރު 89 ކުދިން ތިބެއެވެ. މީގެ އިތުރުން 36 ކާފަ ދަރިން ވެސް އޭނާގެ ތިބެއެވެ.

ޒިއޯނާ ޗާނާ ވަނީ 2021 ވަނަ އަހަރު އުމުރުން 76 އަހަރުގައި މަރުވެފަ އެވެ. އޭނާ މަރުވެފައިވަނި ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެ ދިގު މުއްދަތަކަށް ބަލިވެ އުޅުމަށްފަހުގައި ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

ޒިއޯނާ ޗާނާގެ މަރަށްފަހު އާއިލާއިން ނިންމީ އެންމެން އެކީގައި ގުޅިގެން އެއްތަނެއްގައި ދިރިއުޅޭށެވެ.

އެމީހުން ދިއިރުޅޭ ފަސް ބުރީގެ އެ ގޭގައި 100 ކޮޓަރި ހުރެއެވެ. މިއާއެކު އެގެ ހުންނަ ސަރަހައްދަށް ކޮންމެ ދުވަހަކުވެސް ފަތުރުވެރިން ޒިޔާރާތްކުރެއެވެ.