އެއްވެސް ހިޔާލަކީ މަރައިލެވޭނެ އެއްޗެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަދީބާއި އޭރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށްދެއްވާފައެވެ. އެއާއެކު އެ ދެ ބޭފުޅުން އިއްޔެ ވަނީ މިނިވަންވެފައެވެ.
މިނިވަންވުމާއެކު އަދީބު ވަނީ އޭނާ އިސްވެ ހުންނަވައި އުފެއްދެވި، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ އޮފީހަށް ވަޑައިގަންނަވާފައެވެ.
އެ އޮފީހަށް ވަޑައިގެން ނެގި ފޮޓޯތައް ޓުވީޓާގައި ހިއްސާކުރައްވައި އަދީބު ރޭ ދަންވަރު ވިދާޅުވީ، އެއްވެސް ހިޔާލެއް މަރައި ނުލެވޭނެ ކަމަށާއި އެއީ ބޮޑުވެ ފުޅާވާ އެއްޗެއް ކަމަށެވެ.
"އެއްވެސް ހިޔާލެއް މަރައިނުލެވޭނެ، ޖަލަށް ނުލެވޭނެ، އެއީ އެންމެ އަނދިރި އެކަހެރި ގޮޅިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުފެދި، އުފުލި، ފެތުރިގެން ދާނެ ކަމެއް. މިދަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އެމްޓީޑީއާއެކު ކުރިއަށް" އަދީބު ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލި ހުރިހައި ދައުވާއެއް ވެސް ސާބިތުވުމާއި ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އޭނަގެ މައްޗަށް ވަނީ އިއްވާފައެވެ. ނަމަވެސް އޭނާ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވީ ގޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު