ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްޓާޓަޕް ގްރާންޓް އެހީ ސޯލާ ހަކަތަ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރާ ޕްރޮޖެކްޓަކަށް ދީފިއެވެ.

ބީއެމްއެލުން މިއަދު ބުނީ ސޯލާ ހަކަތަ ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރަމުންދަނީ ލ. ގަމުގައި ކަމަށެވެ.

އެ މި ޕްރޮޖެކްޓުގެ މަގުސަދަކީ ސޯލަ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނެވި ދަނޑުވެރިކަމެއް ކުރުމާއި ސޯލާ ހަކަތަ ބޭނުންކޮށްގެން ގަސްތަކަށް ފެންދީ، ދަނޑުވެރިކަން ކުރުމަށް ރަނގަޅު ފަސްގަނޑެއް ތައްޔާރުކުރުން" ބީއެމްއެލުން ބުންޏެވެ.

ސޯލާ ހަކަތަ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުގެ ޕްރޮޖެކްޓަކީ ފާތިމަތު ލިއުޝާ ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް ބީއެމްއެލުން ބުންޏެވެ. ލިއުޝާގެ މަގުސަދަކީ ރައްކާތެރި ގޮތުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުން ކަމަށް ބީއެމްއެލުން ބުންޏެވެ.

ލިއުޝާ ވަނީ އެ ޕްރޮޖެކްޓުގެ މޮނިޓާ ކުރުމަށާއި ޕްރޮޖެކްޓަށް ކުރިއެރުން ލިބޭ ވަރު ބެލުމަށް އެޕްލިކޭޝަނެއް ވެސް ތައްޔާރުކޮށްފައި ކަމަށް ބީއެމްއެލުން ބުންޏެވެ.