ބާރަ އަހަރުން ދަށުގެ ކުޑަކުދީންނަށް ދޭ "ޕްރްސެޓަމޯލް ޕީޑިއަޓްރިކް އޯރަލް ސަސްޕެންޝަން އައިޕީ 100 މިލިގްރާމް" ގައި ކޮލިޓީ މައްސަލަ ހުރުމުން އެ ބޭސް ވިއްކުން މަނާކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ މީޑިއާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އިންޑިއާއިން އުފައްދައިފައިވާ ޕެރެސިޓަމޯލްގެ މި ބްރޭންޑްގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގައި ކަމަށެވެ.
ނަމަވެސް މިހާރު ރާއްޖެއިން ލިބެން ހުރި މި ބްރޭންޑްގެ ބޭހުގައި ކުލަބަދަލުވެ، ގަނޑުވެފައި ހުންނަކަން ފާހަގަވެފައި ވުމުން މިހާރު ރާއްޖޭގެ ހުރިހާ ބޭސް ވިއްކާ ތަންތަނަށް މި އިންޒާރު ނެރެ އެ ބޭސް ވިއްކުން މަނާ ކޮށްފި ކަމަށްވެސް ވިދާޅުވިއެވެ. މިހާރު ބައެއް ބޭސް ފިހާރަތަކުގައި ހުރި މި ބޭސް އެ މިނިސްޓްރީއަށް ލިބިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މި ބޭހާ ބެހޭ އިތުރު ކަންކަން ބަލަމުން އަންނަ ކަމަށާއި މި ބޭހުގެ ޕްރޮޑަކްޓް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ގޭގައި ހުރި ނަމަ މި ބޭސް ދިނުންވެސް މަނާ ކަމަށް ހެލްތުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު