މިމަހުގެ 17 ވާ ހުކުރު ދުވަހު އިސްލަމީ މަރުކަޒުގެ ދެކުނުފަޅި ބޭނުން ކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެދިއްޖެއެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، މިމަހުގެ 17 ވާ ހުކުރު ދުވަހު އަސްރު ނަމަދާއި މަގްރިބް ނަމާދަށް މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަޒުކަޒު)އަށް ނަމާދުކުރަންދާ މީހުން އެ މިސްކިތުގެ ދެކުނު ފަޅި ބޭނުންކުރުމަށެވެ.
އިސްލާމިކް އެފެއާޒުން ބުނީ، އެ ގޮތަށް އެދެނީ ކުރިއަށް އޮތް ފަސް އަހަރަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔަ ކަމުގެ އިންތިހާބުކުރި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނުގެ ނައިބު ރައީސް ކަމުގެ މަގާމަށް އަންޔަން ކުރި އަލްއުސްތަޒު ހުސެއިން މުހައްމަދު ލަތީފު މަގާމުގެ ހުވައިކުރުމުގެ ރަސްމިއްޔާތު މިމަހުގެ 17 ވާ ހުކުރު ދުވަހުގެ ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާތީ ކަމަށެވެ.
އިންތިހާބީ ރައީސް، ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައިވަނީ އިސްލާމީ މަރުކަޒުގެ އުތުރުން އޮތް، ޖުމުހޫރީ މައިދާނުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު