ދެން އޮތްގޮތަކީ ގާޒާއަށް ނިއުކްލިއާ ބޮމެއް ވައްޓާލުން ކަމަށް އިޒްރޭލުގެ ހެރިޓޭޖް މިނިސްޓަރު އަމިޗާއީ އެލިޔާހޫ ގޮވާލައްވައިފިއެވެ.
އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު އަމިޗާއީ އެލިޔާހޫ ވަނީ އެގައުމުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި މިހާރު ހިނގަމުންދާ ހަނގުރާމަ އިޒްރޭލަށް މޮޅުވާން ދެން ކުރަން ވީ ކަންކަމާބެހޭގޮތުން ވާހަކަ ދައްކަވައިފައެވެ.
އެލިޔާހޫ ވަނީ އޭނާގެ އިންޓަވިއުގައި ފަލަސްތީނުގެ މީހުންނަކީ ނާޒީއިން ކަމަށް ވިދާޅުވެފައެވެ. އަދި އެމީހުންނަށް ހަރުކަށި އަދަބު ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. މީގެ އިތުރުން އެލިޔާހޫ ވަނީ ފަލަސްތީނުގެ ރައްޔިތުން ދާން އޮތް ތަނަކީ އަޔަލޭންޑު ނޫނީ ހަނަފަސް ބިންތަކަށް ކަމަށް ވެސް ވިދާޅުވެފައެވެ.
އިސްރާއީލުގެ ހެރިޓޭޖް މިނިސްޓަރު އަމިޗާއީ އެލިޔާހޫ ކުރި ކޮމެންޓުތަކުގެ ސަބަބުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެމިނިސްޓަރު ކެބިނެޓު މީޓިންތަކުން ސަސްޕެންޑުކުރައްވައިފައެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންގެންދާ ގަތުލް އާންމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 10،000 އާ ގާތްކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ