ހުލުމާލެ ފޭސް އެކެއްގެ ބައެއް ފްލެޓްތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓް ނަންބަރު 139،140،144،145 ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައްް ކުރަމުންދާ ކަމަށާއި ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.