ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އަންނަ ހުކުރު ދުވަހު އާބަންކޯއިން ފަންޑް ރެއިސިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
އާބަންކޯއިން މިއަދު ބުނީ އެ ކޯޕްރޭޝަނުން އިސްނަގައިގެން އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ޕަލްސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރެއިސިން އިވެންޓެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
މި އިވެންޓް ކުރިއަށް ގެންދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށް ވެސް މި އިވެންޓް ކުރިއަށްގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
މި އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށާއި މި ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހަދިޔާ ކުރާނެ ކަމަށްވެސް އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން ވަނީ މިދިޔަ ބުރާސްފަތި، ހުކުރު އަދި ހޮނހިރު ދުވަހުވެސް ހުލުމާލެ ފޭސް 1 އަދި 2 ގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ތިން ހަރަކާތެއް ބާއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު