ރިޒްކަލްޓަން ކައިރީ އޮތް ސަފާރީއެެއްގައި ރޯވެ އަނދައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ރިޒްކަލްޓަން ރިސޯޓުކައިރީ އޮތް ސަފަރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔާއެންޑް ރެސްކިއުޓީމަށް ލިބިފައިވަނީ މިއަދު ހެނދުނު 7:37 ހާއިރު ކަމަށެވެ.
ޔޮޓްގައި ތިބި ފަޅިވެރިންނާއި ޓުއަރިސްޓުން އެމްއެންޑީއެފް ޓީމުން ދިޔައިރުވެސް ސަފާރީގައި ތިބި ޓުއަރިސްޓުންނާއި ފަޅުވެރީން އެހެން ލޯންޗަކަށް ނަގާފައިވާ ކަމަށެވެ.
އެމީހުން މިހާރު ތިބީ ރައްކާތެރިކަމާ އެކީ ސަފާރީ ކައިރީ އޮތް އެހެން ރިސޯޓަކަށް ގެންގޮސްފައި ކަމަށާއި އެވަގުތު ސަފާރީގައި ތިބީ ހަތަރު ފަޅުވެރީން ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހަދިސާގައި މީހަކަށް އަނިޔާލިބިފައި ވާކަމުގެ މައުލޫމާތު އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ. މި ސަފާރީއަކީ "ސްމާޓް އޮން" ކިޔާ ކުންފުންޏަކުން އޮޕަރޭޓް ކުރާ "މެޖެސްޓީ 62" ނަމަކަށް ކިޔާ ސަފާރީއެއްކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ސަފާރީއަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް އަދި ސާފެއް ނޫނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު