ފ. މަގޫދޫގެ އިދާރީ އިހުސާސްގެ ތެރެއިން އެ ރަށު އެއާޕޯޓް ހަދާ ސަރަހައްދު ވަކިކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނެރުއްވި ގަރާރެއްގައި ވިދާޅުވީ 2020 ވަނަ އަހަރު އެ މަނިކުފާނު އެކަށައެޅި ގަރާރުން، ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައަޅުއްވާފައި އޮތް ގޮތަށް ބަދަލު ގެންނަން ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އެގޮތުން މަގުދޫގެ އިދާރީ ދާއިރާގެ އިހުތިސޯސަށް ބަދަލު ގެނެސް، އެރަށުގައި އެއާޕޯޓް ހަދާ ސަރަހައްދު އެ ރަށު ކައުންސިލްގެ އިހުތިސާސް ވަކިކޮށް، މައި ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

މަގޫދޫ އެއާޕޯޓް ހަދާ ސަރަހައްދަކީ 47.8 ހެކްޓަރުގެ ހިއްކި ބިމެކެވެ. އޭގެތެރެއިން 30.8 ހެކްޓަރު ހާއްސަވަނީ އެއާޕޯޓަށެވެ. ބާކީ 17 ހެކްޓަރު ބޭނުންކުރާނީ ދިރިއުޅުމާށާއި ސިނާއި ބޭނުންތަކަށެވެ.

އެ ރަށުގައި އެއާޕޯޓެއް ހެދުމުގެ މަސައްކަތް ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ނުފެށު ލަސްވީ ފ. ނިލަންދޫގައި އެއާޕޯޓު ހެދުމަށް ނިންމުމުންނެވެ.