އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 5،000 އިން މައްޗަށް އަރައިފިއެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ފަލަސްތީނުގެ މަޝްރަހު ގޯސްވެ ދެފަރާތުން ހަމަލާ ބަދަލު ކުރަމުންދާ އިރު، މި ހަނގުރާމައިގައި ފަލަސްތީނުން މިހާތަނަށް 5،087 މީހުން ޝަހީދުވެފައިވާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިޒްރޭލުން ފަލަސްތީނަށް 300 އަށްވުރެން ގިނަ ހަމަލާ ފޮނުވާފައިވާ ކަމަށް އިޒްރޭލުގެ އާމީ އިން ބުނެފައިވެއެވެ. އެހަމަލާތެރޭ 400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ.
ފަލަސްތީނުގެ ގާޒާގެ އެތަކެއް ހާސް އިމާރާތެއް ބިމާ ހަމަކޮށްފައިވާ އިރު، އެތައް ހާސް މީހުންވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. އަދި ގާޒާގެ ހުރިހާ ސަރަހައްދެއް އަސާސީ ކަންކަމަށް ޖެހިފައިވާ އިރު، އަވައްޓެރި ގައުމުތަކުން ގާޒާ އަށް ފޮނުވާ އެހީވެސް އެތެރެ ކުރުން އިޒްރޭލުން އޮތީ ހުއްޓުވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ