ކާމިޔާބު ދެ ފިލްމު ކަމަށްވާ ޕަތާން އަދި ޖަވާން އަށްފަހު ޝާހުރުކް ޚާން މިހާރު ގެންދަނީ ރާޖްކުމާރު ހިރާނީގެ ފިލްމު ދުންކީގެ މަސައްކަތް ކުރަމުންނެވެ.
މިއަހަރު ޑިސެމްބަރުގައި ދުންކީ ރިލީސްކުރުމަށް ނިންމާފައިވާއިރު އޭގެ ފަހުން ޝާހު ކުޅުމަށް ހަމަޖެހިފައިވާ ފިލްމުގައި އޭނާގެ ދަރިފުޅު ސުހާނާ ޚާންވެސް ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ސުޖޭ ގޯޝް ޑައިރެކްޓު ކުރާ އެ ފިލްމު ވާނީ އެކްޝަން ތުރިލާއަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ފިލްމުގެ މަސައްކަތް އަންނަ އަހަރު ނޮވެމްބަރުގައި ފަށާން އަންނަނީ ތައްޔާރު ވަމުންނެވެ. ޝާހު އަދި ސިދާތް އާނަންދް ޕްރޮޑިއުސްކުރާ އެ ފިލްމު ވެގެންދާނީ ސުހާނާގެ ބިގް ސްކްރީން ޑެބިއު ކަމުގައި ވެސް ބޮލީވުޑް ހަބަރުތައް ބުނެއެވެ. ފިލްމުގެ ޝޫޓިން ހަމަސްތެރޭގައި ނިންމާލުމަށް ޝެޑިއުލްކޮށްފައިވާއިރު އިންޑިއާ އަދި ބޭރުގެ ބައެއް ގައުމުތަކުގައި ޝޫޓް ކުރުމަށް ވަނީ ނިންމާފައެވެ.
މި ފިލްމުގެ ހަބަރުތައް މީޑިއާތަކަށް ތިލަވުމާއެކު ފޭނުން އަންނަނީ ފިލްމަށް ބޮޑު ތަރުހީބެއްދީ ފިލްމަށް އިންތިޒާރުކުރަމުންނެވެ.
ސުހާނާގެ ފުރަތަމަ ޑެބިއު ފިލްމު ދަ އާޗީޒް މި އަހަރު ޑިސެމްބަރުގައި ރިލީސް ކުރާން ވަނީ ނިންމައިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް