ފަލަސްތީނުގެ އޮކިއުޕައިޑް ވެސްޓް ބޭންކް ސަރަަހައްދުގައި ހުންނަ ޖެނީން ރެފިއުޖީ ކޭމްޕުގައި ހުންނަ އަލް އަންސާރު މިސްކިތަކަށް އިޒްރޭލުން ބޮން އަޅައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން، އިޒްރޭލުން އެ މިސްކިތަށް ބޮން އެޅީ ހަމާސްއާއި އިސްލާމިކް ޖިހާދުގެ ޓެރަރިސްޓު އޮޕަރޭޝަންތައް އެ މިސްކިތުން ހިންގަމުންދާ ކަމަށް ބުނެއެވެ. އަދި އެ މިސްކިތް އިމާރާތް އެ ގްރޫޕުތަކުން ބޭނުން ކުރަމުން ދިޔައީ ކޮމާންޑު ސެންޓަރެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
އިޒްރޭލުގެ އަސްކަރީ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާތައް ރާވަމުން ދިޔަ މީހުންނާއި ވޭތުވެ ދިޔަ މަސްތަކުގައި ހަމަލާތައް ދިނުމުގައި ހަރަކާތްތެރިވި މީހުން، އެ ހަމަލާގައި ވަނީ މަރާލައިފައެވެ.
އެ ހަމަލާގައި މަރުވި މީހުންގެ އަދަދު ސާފެއް ނުވެއެވެ. ބައެއް ރިޕޯޓުތަކުން ބުނާގޮތުން، އެ ހަމަލާގައި މަރުވީ އެކަކެވެ. އަދި އިތުރު 3 މީހަކު ޒަހަމްވިއެވެ. ނަމަވެސް އެ ހަމަލާގައި މަރުވީ 2 މީހުން ކަމަށާއި އިތުރު އެތައް ބަޔަކު ޒަހަމްވެފައި ވާކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން، ހަމަލާގައި ގެއްލުން ލިބުނު އިމާރާތްތައް ސާފު ކުރާއިރު މަރުވެފައި ތިބި އިތުރު މީހުން ފެނުން އެކަށީގެންވެއެވެ.
ޖެނީން ރެފުޖީ ކޭމްޕަނީ 1948 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނަށް އަރައިގަތުމަށް ފަހު ގެދޮރު ގެއްލުނު ފަލަސްތީނުގެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ