ގާޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މަގުމަތިވެއްޖެއެވެ.
އދ. އާ ހަވާލާދީ ބޭރުގެ މީޑިއަތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ގާޒާގައި އެއް މިލިއަން މީހުން މިހާރު ތިބީ މަގުމަތިވެފައެވެ. ގާޒާގެ އާބާދީއަކީ 2.2 މިލިއަން މީހުންނެވެ.
މަގުމަތިވެފައިވާ މީހުންގެ ތެރެއިން 352،000 މީހުން ތިބީ އދ. އިން ހިންގާ ސްކޫލުތަކުގައި ރައްކާތެރިކަން ހޯދައިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުން، ރައްކާތެރިކަން ހޯދުމަށް މީހުން ވަދެ ތިބި ސްކޫލަކަށް މިދިޔަ ހޯމަ ދުވަހު ވަނީ ހަމަލާ ދީފައެވެ. އަދި އެ ތަނުގައި އޭރު 4،000 އެއްހާ މީހުން ތިބި އިރު، އެ ހަމަލާގައި ހަ މީހުން ޝަހީދުވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން 3،480 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި މީގެ ދެ ދުވަސް ކުރިން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި 500 އެއްހާ މީހުންވެސް ހިމެނެއެވެ.
ހަނގުރާމައިގެ މިހާތަނަށް އިޒްރޭލުން 1،400 މީހުން ވަނީ މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ