މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުތައް ހިނގާނެތީ، ފާސްކުރި ބަޖެޓުގެ ބައެއްގެ ގޮތުގައި އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފިއެވެ.
މި އަހަރަށް ފާސްކުރީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނު އިރު ސަރުކާރުގެ ހަރަދުތަކަށް ވަނީ 28 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓްގެ 83 ޕަސެންޓް ހަރަދުވެފައެވެ.
އަދި ސަޕްލިމަންޓްރީ ބަޖެޓާ އެކު މިއަހަރުގެ ބަޖެޓްގެ ޖުމްލަ 49 ބިލިއަން ރުފިޔާއަށް އަރާނެއެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 6.5 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ފިއުލް ސަބްސިޑީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުމާއި އާސަންދައަށް ބަޖެޓްކުރި އަދަދަށްވުރެ އިތުރުވާ ހަރަދުތައް ހުރުމާއި ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށް ހަރަދުތައް އިތުރުވުމުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ސަޕްލިމަންޓްރީ ބަޖެޓްގެ ތަފުސީލުތަކެއް ފިނޭންސް މިނިސްޓްރީއަކުން އަދި ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު