އުރީދޫ މޯލްޑިވްސްގެ އޮންލައިންކޮށް ވިޔަފާރި ކުރެވޭ މޫލީ ޕްލެޓްފޯމުން މަގުބޫލު ބްރޭންޑްތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ޑިވައިސް ފްލޭޝް ސޭލް"ގެ ނަމުގައި ފެށި އެ ޕްރޮމޯޝަންގައި މޫލީ ވެބްސައިޓް، www.moolee.mv މެދުވެރިކޮށް އެޕަލް މެގްސޭފް ޗާޖަރު، އައިޕެޑް، މެކްބުކް ޕްރޯ، އައިފޯން 13، 12 އަދި 11ގެ ޕްރޯ މެކްސް، އައިފޯން އެކްސް އެސްގެ އިތުރުން ސެމްސަންގްގެ މަގުބޫލު ފޯނުތަކުން ހަތް ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައިވާ މުއްދަތެއް އުރީދޫން ނުބުނެއެވެ.

މޫލީ މެދުވެރިކޮށް ގަންނަ ކޮންމެ އެއްޗެއް ރާއްޖޭގެ ކޮންމެ ހިސާބަކަށް މުޅިން ހިލޭ ޑެލިވާ ކޮށްދޭއިރު، އުރީދޫން ބުނީ މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުބާރު ހިފޭ ކޮލިޓީ ޕްރޮޑަކްޓް ހެޔޮ އަގުގައި ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަ ކަމާއެކު ވިޔަފާރި ކޮށްލެވޭނެ ފުރިހަމަ ޕްލެޓްފޯމެއް ކަމަށެވެ.

މޫލީ ޕްލެޓްފޯމް މެދުވެރިކޮށް، ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން އޮންލައިން ޕޭމަންޓާއި އީޒީ ރިޓާންސް ވެސް ފޯރުކޮށްދެއެވެ. އަދި ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަ ކަމާއެކު ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ޑެލިވަރީ ހިދުމަތް ލިބެއެވެ.

އުރީދޫން ބުނި ގޮތުގައި މޫލީ ޕްލެޓްފޯމާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެފައިވާ ކަމަށެވެ. އަދި ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތް ދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުންޏެވެ.

އުރީދޫން އިތުރަށް ބުނީ، އިތުރު ފަރާތްތަކުން މޫލީއާ ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިއަށްވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިއަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށެވެ.