ހަނގުރާމަ ހުއްޓާނުލައިފި ނަމަ އިސްރާއީލަށް ބާރުގަދަ ލޮޅުމެއް އަންނާނެ ކަމުގެ އިންޒާރު އިރާނުން ދީފި އެވެ.
އިރާނުން އިސްރާއީލަށް ދިން އިންޒާރުގައި ވަނީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ހިނގާ ހަނގުރާމައިގައި އިސްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ވީހާވެސް އަވަހަކަށް ހުއްޓާލުމަށް ގޮވާލައިފައެވެ. އެއަމަލުތައް ހުއްޓާ ނުލައިފި ނަމަ ބާރުގަދަ ލޮޅުމަކާ އިސްރާއީލުން ކުރިމަތި ލާން ޖެހޭނެ ކަމަށް އިރާނުން ވަނީ ބުނެފައެވެ.
އިރާނުން އިންޒާރު ދިން ނަމަވެސް އެ ގައުމުން އިސްރާއީލާއ މެދު އަޅާނީ ކޮން ކަހަލަ ފިޔަވަޅުތަކެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އިސްރާއީލާއި ފަލަސްތީނުގެ ހަނގުރާމަ ހޫނުވެ ދެފަރާތުން ހަމަލާ ބަދަލުކުރަމުން ދާއިރު އިސްރާއީލުން ގެންދަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށް ހަނގުރާމައިގައި ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ.
އިސްރާއީލުން އިއްޔެގެ ވަގުތެއްގައި ވަނީ ފަލަސްތީނުގެ 1.1 މިލިއަން އާބާދީއެއް އޮންނަ ގާޒާގެ އާންމުންނަށް އެ ސިޓީ ހުސްކޮށް ފޭބުމަށް އަންގާފައެވެ. އެ އެންގުމަށް ތަބާވެ ފަލަސްތީނުގެ ބައެއް ރައްޔިތުން ވަނީ އެ ސިޓީ ދޫކޮށް ދާން ފަށާފައެވެ. ނަމަވެސް އިސްރާއީލުގެ ހަމަލާތައް މިއަދު ގިނައިން އަމާޒު ވެފައި ވަނީ ގާޒާއިން ބޭރުވާ މީހުން ހިމެނޭ ސަރަހައްދަށް ކަމަށް މީޑިއާ ރިޕޯޓް ތަކުން ބުނެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ފަލަސްތީނުން 320 އަށްވުރެން ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ