ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރާތީ މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު މިއަދު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ކަރަންޓު ވިއުގަ އަޕްގްރޭޑޫ ކުރުމުގެ މަސައްކަތް ކުރާތީ ޝާއިރު ވަރުދީ، ޝާއިރު ވަރުދީ ހިނގުން، ކުއްޅަވަށް ގޯޅި، ހަވީރީ ހިނގުން، ފީރޯޒު މަގު، ގަނދަކޯޅިމަގު، ކުޅިދޮށު މަގު، ފުލޫނިޔާ މަގު، އިރާކު މަގު އަދި ކާނޭޝަން މަގު ހިމެނޭ ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެ މަގުތަކުން ކަރަންޓު ކެނޑިދާނެ ކަމަސް ސްޓެލްކޯއިން ލަފާކޮށްފައި ވަނީ މިއަދު މެންދުރު 1:30 އާއި 2:45އާ ދެމެދުއެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ އަރިހުން މާފަށް އެދިފައެވެ.