ވޭތުވެދިޔަ ހަ ދުވަސްތެރޭ އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް 6000 ބޮން ވައްޓާލާފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.
ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގައި ވައްޓާލި އެ ބޮންތަކުގެ ބަރުދަނުގައި 4،000 ޓަނު ހުންނާނެ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
ފާއިތުވެދިޔަ ހަ ދުވަސް ތެރޭ އިސްރާއީލުން ގާޒާގެ 1400 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، އޭގެ ތެރޭގައި 447 ކުޑަކުދިންނާއި 248 އަންހެނުން ހިމެނެއެވެ. އަދި ސިއްހީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ 10 މީހުންވެސް ހިމެނެއެވެ.
އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގާޒާއިން މިހާތަނަށް 338،000 މީހުން ގެތައް ދޫކޮށް ވަގުތީ ހިޔާތަކަށް ވަނީ ބަދަލުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ