އިޒްރޭލުގެ ހަމަލާތަކުގައި ގާޒާއިން މަރުވި މީހުންގެ އަދަދު 1،200 އަށް އަރައިފިއެވެ.
ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ ގަޒާއިން މަރުވި މީހުންގެ އަދަދު 1،200 އަށް އަރާފައިވާ ކަމަށެވެ. އަދި އިތުރު 5.600 އެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް ބުންޏެވެ.
މަރުވެފައިވާ މީހުންނާއި ޒަހަމްވެފައިވާ މީހުން ހޮސްޕިޓަލުތަކުގައި ފުނިޖެހިފައިވާ އިރު، 338،000 މީހުން މަގުމަތިވެފައިވާ ކަމަށް އދ. އާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މީހުން ދިރިއުޅޭ އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ. އަދި ރައްކާތެރިކަން ހޯދަން ދާނެ ވަކި ތަނެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މަގުމަތިވެފައިވާ މީހުންގެ ގިނަ ބަޔަކު ރައްކާތެރިކަން ހޯދުމަށް އދ. އިން ހިންގާ ސްކޫލުތަކުގައި ތިބި އިރު، އެ ތަންތަނުގައި ތިބި މީހުންނަށް ދޭނެ ކާބޯތަކެތި ހުރީ 12 ދުވަހަށް ވާވަރަށް ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އދ. ގެ އޮފިޝަލުންނާ ހަވާލާދީ އިއްޔެ ރިޕޯޓު ކޮށްފައިވެއެވެ.
ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި އެތެރެ ކުރެވޭނެ ހުރިހާ ގޮތެއް އިޒްރޭލުން ބަންދުކޮށްފައިވާ އިރު، އެތަކެތި އެތެރެ ކުރުމަށް ހުއްދަ ދިނުމަށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ގޮވާލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ