ހަމާސް އާއި އިޒްރޭލުގެ ހަނގުރާމައިގައި ގާޒާއިން މަރުވި ނޫސްވެރިންގެ އަދަދު ފަހަކަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ގާޒާގެ ހުޅަނގު ފަރާތަަށް އިޒްރޭލުން ދިން ހަމަލާތަކެއްގައި އިއްޔެ ވަނީ ފަސް މީހުން މަރުވެފައެވެ. އަދި އޭގެ ތެރޭގައި ދެ ނޫސްވެރިންވެސް ހިމެނެއެވެ.
ހަނގުރާމައިގެ ހަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވި ފަލަސްތީނުގެ ތިން ނޫސްވެރިއަކު މަރުވެގެން މީގެ ކުރިންވެސް ރިޕޯޓުކޮށްފައިވެއެވެ. އަދި "ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް" އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން އިތުރު ދެ ނޫސްވެރިއަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން ފަލަސްތީނުން މިހާތަނަށް 704 މީހުން މަރުވެފައިވާ އިރު، 4،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި 137،000 އަށްވުރެ ގިނަ މީހުން ވަނީ މަގުމަތިވެފައެވެ.
އިޒްރޭލުން 900 މީހުން މަރުވެފައިވާ އިރު، ފަތުރުވެރިންގެ ގޮތުގައި އިޒްރޭލަށް ދިޔަ އެހެން ގައުމުތަކުގެ އެތައް ބަޔަކުވެސް ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ތައިލެންޑުގެ 12 މީހުންވެސް ހިމެނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ