ހަމާސް އާއި އިޒްރޭލުގެ ހަނގުރާމަ ފެށުމާއެކު އެއާލައިންތަކުން އިޒްރޭލަށް ދަތުރުތައް ހުއްޓާލައިފިއެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ވަރުގަދަވެ، އެކަމުގެ ނުރައްކާ ބޮޑުވުމާއެކު ގިނަ އެއާލައިންތަކަކުން ވަނީ އިޒްރޭލަށް ކުރަމުންދިޔަ ފްލައިޓު ދަތުރުތައް ކެންސަލް ކޮށްފައެވެ.
އިޒްރޭލުގެ ތެލްއަވީވް އެއާޕޯޓަށް ޝެޑިއުލް ދަތުރު ކުރާ ބޮޑެތި އެއާލައިންތަކުގެ ތެރެއިން މިހާތަނަށް އެމެރިކާގެ ޔުނައިޓެޑް އެއާލައިންސް އާއި ޑެލްޓާ އެއާގެ އިތުރުން އެމެރިކަން އެއާލައިންސް އިން ވަނީ އެގައުމަށް ދަތުރުކުރުން ހުއްޓާލައިފައެވެ.
ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އެއާލައިން ތަކުގެ ތެރެއިން އެއާ ފްރާންސް އާއި ލުފްތަންސާ އާއި އެމިރޭޓްސް އަދި ރިޔާން އެއާއިން ވެސް ވަނީ ދަތުރުތައް ހުއްޓާލައިފައެވެ.
އިޒްރޭލުގެ ތެލްއަވީވް އެއާޕޯޓު ވަނީ ހަނގުރާމަ ފެށުމާއެކު ފިލައިގެން އިޒްރޭލު ދޫކުރާ މީހުންނާއެކު ފުރިފައި ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ