ފަލަސްތީނާއި އިޒްރޭލުގެ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެން ފަށައިފިއެވެ.
ފަލަސްތީނާއި އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގައި މެދު އިރުމައްޗަށް އެކަމުގެ އަސަރު ސީދާކޮށް ކޮށްފައިވާ އިރު، ތެޔޮ އުފައްދާ ކުންފުނިތަކުން ވަނީ އެކަމަށް ތައްޔާރުވެ އަގުތައް އުފުލައިފައެވެ.
ތެލުގެ އަގު އުފުލިގެން ދިޔަ ނަމަވެސް ހިއްސާގެ އަގުތަކާއި އިޒްރޭލުގެ ފައިސާގެ އަގު ވަނީ ވެއްޓެން ފަށައިފައި ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިޒްރޭލަކީ ތެޔޮ އުފައްދާ ގައުމަކަށް ނުވި ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ތެޔޮ އުފައްދާ ކުންފުނިތަކުން ވަނީ ފިޔަވަޅު އަޅަން ފަށައިފައެވެ.
މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު 80 ޑޮލަރަށް ލިބެން ހުރި ތެޔޮ ފީފާއެއްގެ އަގު މިވަނީ 86 ޑޮލަރަށް މަތިވެފައެވެ. މިއީ ހަތަރު އިންސައްތައިގެ އުފުލުމެކެވެ. މިއަގު 88 ޑޮލަރަށް އުފުލޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އިޒްރޭލާއި ފަލަސްތީނުގެ ހަނގުރާމަ ގޯސްވެ ދެކޮޅުން ވެސް ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަން ފަށާފައިވާ އިރު، މި ހަނގުރާމަ ދިގު މުއްދަތަކަށް ދެމިގެން ދާނެ ކަމަށް ބެލެވޭ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ