ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަަހުމަދު މަނިކުގެ އެކްސިޑެންޓްގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮންސިޖަން ކެފޭ ކައިރިން މިދިޔަ ހުކުރު ދުވަހުގެ ރޭ ސައިކަލުގައި ދަނިކޮށް ކާރެއްގައި ޖެހިގެން ހިނގި އެ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ވެއެވެ. އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައެވެ.
"ވަން" އަށް މައުލޫމާތު ދެމުން ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
އުމުރުން 74 އަހަރުގެ އަހުމަދު މަނިކަކީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާއި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުގެވެސް ބައްޕައެވެ. އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު ހުޅުމަލޭ ސަހަރާ މިސްކިތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު