ބޮލީވުޑްގެ ތަރި، ނުޝްރަތު ބަރޫޗާ މިހާރު ހަނގުރާމަ ފެށިފައިވާ އިޒުރޭލުގައި ތާށިވެއްޖެއެވެ.
ނުޝްރަތުގެ ޓީމުން އިންޑިއާގެ ބައެއް ނޫސްތަކަށް ބުނި ގޮތުގައި، ނުޝްރަތު އިޒްރޭލަށް ދިޔައީ ހައިފާ އިންޓަނޭޝަނަލް ފިލް ފެސްޓިވަލުގައި ބައިވެރިވުމަށް ކަމަށެވެ. ނުޝްރަތް އެފެސްޓިވަލުގައި ބައިވެރިވުމަށް ގޮސްފައިވަނީ އޭނާގެ ފިލްމު "އަކޭލީ" އެ ފިސްޓިވަލަށް ހޮވިފައިވާތީއެވެ. އަދި އެ ފިލްމު އިޒްރޭލުގައި ރިލީޒްކުރުމުގެ ހަފުލާގައިވެސް ބާއިވެރިވުމަށް ކަމަށް ނުޝްރަތުގެ ޓީމުން ބުންޏެވެ.
އޭނާގެ ޓީމުން ބުނީ ހަމާސް ޖަމާއަތުގެ ހަމަލާތަށް ފެށުމާއެކު ނުސްރަތަށް ގުޅޭގޮތް ވެފައި ނުވާ ކަމަށާއި އެންމެ ފަހުން ގުޅުނީ އިއްޔެ މެންދުރު ކަމަށެވެ. އަދި އޭރު އޭނާ ހުރީ ހިމާޔަތް ހޯދުމަށް ބޭސްމެންޓަކަށް ވަދެ ކަމަށްވެސް މީގެ ކުރިން ބުންޏެވެ.
ނަމަވެސް މިހާރު އޭނާ ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އިޒްރޭލުގައި ހުންނަ އިންޑިއާ އެމްބަސީގެ އެހީގައި އޭނާ އެއާޕޯޓަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ހަމާސް ޖަމާއަތުން އިއްޔެ އިޒްރޭލަށް ދިން ވަރުގަދަ ހަމަލާ އާއެކު އިޒްރޭލުން ވަނީ ހަނގުރާމަ އިއުލާންކޮށް ޣައްޒާއަށް ހަމަލާދޭން ފަށައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން