ހިޔާ ޓަަވަރެއްގެ 12 ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ކުއްޖާ ވެއްޓިފައިވަނީ އެޗް ހައެއްގެ 12 ވަނަ ބުރިން ކަމަށާއި ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 11:58 އެހާކަންހާއިރު ކަމަށެވެ. އެ މައްސަލަ ދަނީ ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި ވެއްޓިފައިވަނީ ހއ. ދިއްދޫ، ޝަމަންވިލާ، މުހައްމަދު އައިހަމްއެވެ. އެއީ 15 އަހަރުގެ ކުއްޖެކެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ދާދި ދެންމެއަކު "ވަން" އަށް މިރޭ ވިދާޅުވީ، އެ ކުއްޖާއަށް ހޮސްޕިޓަލުގެ އީއާރުގައި ފަރުވާ ދެމުން ދަނިކޮށް މިރޭ 12:42 ގައި މަރުވެފައިވާ ކަމަށެވެ. ނަމަވެސް ކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް އަދި ނުލިބޭ ކަމަށް ވިދާޅުވިއެވެ.