ސިންގަޕޫރަށް ކޮވިޑްގެ އާ އާރާޅެއް އަރައިފިއެވެ.
ސިންގަޕޫރުގެ ހެލްތު މިނިސްޓަރު އޮން ޔެ ކުންގް ވަނީ އެ ގައުމަށް ކޮވިޑްގެ އާރާޅެއް އަރާފައިވާ ކަމަށާއި އަންނަ ހަފުތާގައި އެ ގައުމުގެ އިތުރު ބަޔަކަށް ބަލި ޖެހި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑްގެ އާ ރާޅެއް އަރައި ގިނަ ބަޔަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދޭން ޖެހިފައި ވީނަމަވެސް އެ ގައުމުން ކޮވިޑާ ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް މިނިސްޓަރު އޮން ވަނީ ފާހަގަކުރައްވައިފައެވެ.
ސިންގަޕޫރުގައި މީގެ ތިން ހަފުތާ ކުރިން ކޮވިޑު ޖެހޭ ނިސްބަތް ދުވާލަކު 1000 އަށް އެރި ނަމަވެސް މިހާރު ދުވާލަކު 2000 އަށްވުރެން ގިނަ މީހުނަށް ކޮވިޑް ޖެހިގެން ރިޕޯޓު ކުރާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ސިންގަޕޫރުގައި ކޮވިޑްގެ އާ ދެވޭރިއަންޓެއް ފެތުރެމުންދާ ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ. އެއީ އޮމިކްރޯމް ވޭރިއަންޓާ ގުޅޭ އާ ވޭރިއަންޓްތަކެއް ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
ސިންގަޕޫރުގެ ހެލްތު މިނިސްޓަރު އޮން ވަނީ މިފަހަރު ކޮވިޑު ބަލަން ނިންމާފައިވަނީ އާންމު ރޯގާއެއްގެ ގޮތަށް ކަމުން އެއާއި އެކު އުޅެން ޖެހިފައިވާ ރޯގާއެއް ކަމަށް އެގައުމުން މީގެ ކުރިން ކަނޑައަޅާފައިވާ ގޮތަށް އަމަލު ކުރުމަށް ގޮވާލައްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ