ބުރިޖު ހައިވޭގައި ހަތަރު ކާރެއް އެކްސިޑެންޓްވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖު ހައިވޭގެ މާލެއިން، ހުޅުމާލެއަށް ދަތުރުކުރާ ލޭނުގައި ކަމަށެވެ. އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ އެކްސިޑެންޓުގެ ސަބަބުން ބުރިޖުގެ ޓްރެފިކް ބްލޮކުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބުރިޖުން މާލެއިން ހުޅުމާލެއަށް ފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އެކްސިޑެންޓުގައި މިހާކަށް އަނިޔާވިކަމުގެ މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ.