ބޭނުންކުރެވޭ ރިޒާވްގައި މި ވަގުތު ހުރީ 151 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން މިއަދު އާންމުކުރި ތާފަސްހިސާބުގައިވާ ގޮތުން މިއަހަރުގެ ޖުލައި މަހާ އަޅައި ބަލާއިރު އޮގަސްޓު މަސް ނިމު އިރު ރަސްމީ ރިޒާވް އަދި ބޭނުން ކުރެވޭ ރިޒާވް ވަނީ އިތުރުވެފައެވެ. އެމްއެމްއޭއިން ބުނީ ޖުލައި މަސް ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 594.1 މިލިއަން ރުފިޔާ ކަމަށެވެ. އޮގަސްޓު ނިމުނު އިރު ރަސްމީ ރިޒާވްގައި ހުރީ 694.2 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭއިން ބުންޏެވެ.

ޖުލައި މަހުގައި ބޭނުންކުރެވޭ ރިޒާވްގައި ހުރީ 125 މިލިއަން ޑޮލަރު ކަމަށާއި އޮގަސްޓު މަސް ނިމުނު އިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 151 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭއިން ބުންޏެވެ. އެއީ 26 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މޯލްޑިވްސް ކަސްޓަމް ސާވިސްގެ ތަފާތުހިސާބުތަށް ދައްކާ ގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި، ކާޑުގެ ބާވަތްތައް އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރަން މަހަކު އެވްރެޖްކޮށް 66 މިލިއަނެއްހާ ޑޮލަރު ބޭނުންވެއެވެ. އެހެންކަމުން ބޭނުން ކުރެވޭ ރިޒާވްފައި ހުރި ފައިސާއިން ފުދޭނީ ދެތިން މަސް ދުވަހަށް ކަމަށް ލަފާކުރެވެއެވެ.