ލަވަކިޔުންތެރިޔާ އަހުމަދު އިބްރާހިމް (އަންމަޑޭ) އަށް ތުހުމަތުވާ ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ޓުވިޓާގައި މަރިޔަމް ޝައިފާގެ ނަމުގައި ހިންގާ އެކައުންޓަކުން އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އަންމަޑޭ އޭނާގެ ދައްތައަށް، ގެވެށި އަނިޔާ އަދި ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ. އެކަންކަން ކޮށްފައިވަނީ އެ އަންހެން މީހާގެ 11 އަހަރުގެ ދަރިފުޅު ކުރިމަތީގައި ކަމަށާއި އެ އަންހެން މީހާއަކީ އަންމަޑޭގެ ކުރީގެ ލޯބިވެރިޔާ ކަމަށްވެސް ބުނެފައިވެއެވެ.
ފުލުހުން "ވަން" އަށް ރޭ ބުނީ، އެ މައްސަލަ މި މަހުގެ 27 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ކަމަށާއި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ޖިންސީ އަނިޔާއާއި ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އަންމަޑޭ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އޭނާއަކީ ދުވަހަކުވެސް އެއްވެސް އިންސާނަކަށް އަނިޔާވެރިކަން އިސްކޮށްގެން އިންސާނީ ކަރާމާތުގެ އަގު ކުޑަ ރޭޓަކަށް މާރުކޮށްލާނެ މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑުގެ ނަން ހަރާބުކުރަން އަދި ހަގީގީ ނުވަތަ ހަގީގަތާ ހިލާފު ވާހަކަ ދައްކާ އެންމެނަށްވެސް ހިތް ސާފެވެ. ކުރިކަމެއް ނަމަ އެކަމަކާ ކުރިމަތިލާން ތައްޔާރެވެ. އެކަމުގައި އަޅުގަނޑު މިހުރީ އިސްވެ ފުލުހުންނާ ވާހަކަ ދައްކަންވެސް ތައްޔާރަށެވެ" އަންމަޑޭ ބުނެފައިވެއެވެ.
އަންމަޑޭ އިތުރަށް ބުނެފައިވަނީ އޭނާ ފަލީހަތްކޮށް އަގުވައްޓާލި އެންމެންނަށް ހިތް ސާފު ކަމަށާއި ނަމަވެސް މައްސަލައިގައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ތަހުގީގީ އިދާރާތަކަށް ދޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު