ކުޅުދުއްފުށި ސިޓީގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ބަހުގެ ހިދުމަތް ފަށައިފިއެވެ.

އާރްޓީއެލް ބަހުގެ ހިދުމަތާއި ސްޕީޑް ލޯންޗުގެ ހިދުމަތް ފޯރުކޮށްދެނީ އެމްޓީސީސީންނެވެ.

އެމްޓީސީސީން ބުނި ގޮތުގައި ކުޅުދުއްފުށި ސިޓީގައި އާރްޓީއެލް ބަހުގެ ހިދުމަތް ރޭ ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ބަހުގެ ހިދުމަތަށް ރައްޔިތުން އަހުލުވެރިކުރުމަށް ވަކި މުއްދަތެއް ވަންދެން ބަހުގައި ދަތުރުކުރާ މީހުންގެ އަތުން ފީއެއް ނުނަގާނެއެވެ.

އެމްޓީސީސީން މިހާރު އާރްޓީއެލްގެ ބަހުގެ ހިދުމަތް ފޯރުކޮށްދެނީ މާލެ ސަރަހައްދާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އާއި ހައްދުންމަތީ ގަން-ފޮނަދޫ އަދި ހއ. ދިއްދޫގައެވެ.