އިސްރާއީލުގެ މިލިޓަރީ ޒޯނަކުން ގެއްލުނު ޓޭންކަރު ފެނުނީ ގޮނޑުންކަމަށް އިދާރާތަކުން ބުނެފިއެެވެ.

އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބޮޑު ޓޭންކަރެއް ގެއްލެން މެދުވެރިވި ސަބަބާއި ގޮނޑުން އެ ޓޭންކު ފެނުނީ ކީއްވެތޯ ބެލުމަށް ތަހުގީގު ފަށާފައެވެ.

އިސްރާއީލުގެ އައްސޭރިފަށުގައި އޮންނަ ހައިފާ ސިޓީގައި ހުންނަ ޓްރެއިނިން ޒޯނަކުން ގެއްލިފައިވަނީ އިސްރާއީލުގެ މާކަވާ 2 މަރުކާގެ ޓޭންކަރެކެވެ.

އޮފިޝަލުން ވަނީ މިލިޓަރީ ޒޯން ބޭނުންކުރާ ވަގުތު ހުންނާނީ ބަންދުކޮށްފައިކަމަށް ބުނެފައެވެ. ނަމަވެސް ޓޭންކަރެއް އެތަނުން ގެއްލެން މެދުވެރިވީ ކިހިނެއް ކަމެއް އަދި ހޯދިފައެއް ނުވެއެވެ.

އިސްރާއީލުގެ ފުލުހުން ވަނީ 65 ޓަނުގެ އެ ޓޭންކަރަކީ ބޭނުން ކުރާ ޓޭންކަރެއް ނޫންކަމަށް ބުނެފައެވެ. އަދި އޭގައި އެއްވެސް ހަތިޔާރެއް ނުހުންނާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.